Recent Articles
Monday, January 13, 2014
Monday, January 13, 2014
- 0 Comments
ލިޔުނީ: އަޙްމަދު ރަޝީދު – ރިކާޒް، ލ. ފޮނަދޫ
މާއްދާ: ޢަމަލީ ފަންނު
ލެވެލް: ޕްރީސްކޫލް، ގްރޭޑް 1، 2
ތުއްތު ކުދިން ކުލަޖައްސާހިތްވާނެއެވެ. އޮށްގަލާއި ވެއްޔާއި ކުޅޭހިތްވާނެއެވެ. މި ދެކަންތައް އެއްކޮށްލައިގެން ޕްރީސްކޫލް ކުދިންނާއި ގްރޭޑް 1 އަދި 2 ގެ ކުދިންގެ ޢަމަލީ ފަންނު ގަޑިއަށް ވަރަށް އެކަށީގެންވާ ޙަރަކާތެއް ރާވާލައި ކުރިއަށް ގެންދެވިދާނެއެވެ.
މިގޮތުން، އޮށްގަލުގައި ކުލަ ޖައްސައިގެން މޮޒައިކެއް ހެއްދިދާނެއެވެ. މިކަމުގެ ސަބަބުން ބައްޓަމަށް ފަރިތަވުމާއި ތަފާތު ގޮތްގޮތަށް އެއްޗެތި އަތުރައި ޑިޒައިން ކުރުމުގެ ހުނަރު ލިއްބައިދިނުމާއި ކުލަތައް ދަސްވުން ހިމެނެއެވެ.
ބޭނުންވާނެ ތަކެތި
ކުދިކުދި އޮށްގާ ނުވަތަ ކުދި ހިލަކޮޅު
ބޯކަރުދާސް
ތެރަސް
ފެންކުލަ (ޓެމްޕެރާ ޕެއިންޓް)
ފެންކުލަޖައްސާ ބުރުސް
ފަންސުރު
ނޫސް ކަރުދާސް
ފެންކުލަ ގިރާ ތަށި
ފެން
މަސައްކަތް ކުރިއަށްގެންދާނެ ގޮތް
1- ކުދިންގޮވައިގެން ރަށުގެ ގޮނޑުދޮށުން، ދިޔަރެހާއި ކައިރިން ހިނގާލަން ގެންދާށެވެ. ކޮންމެ ކުއްޖަކުވެސް 1 ލިޓަރު ހުންނަވަރުގެ ބާލިދީއެއް ނުވަތަ އެފަދަ އެހެން ކަންވާރެއް ފުރޭވަރަށް ކުދިގައު (އޮށްގައު) ހޯދުމަށް އިރުޝާދު ދޭށެވެ. އަދި ވީހައިވެސް ތަފާތު ބައްޓަމުގެ ގައު ހޯދުމަށް ބުނާށެވެ.
2- ކުލާސް ކޮޓަރިއަށް އެނބުރިގޮސް މަސައްކަތްކުރާނެ ވެށި ރާވައިލާށެވެ. މިގޮތުން ޑެސްކުތައް މަތީގައި ނުވަތަ ކުލާހުގެ މުށިގަނޑު މަތީގައި ނޫސްކަރުދާސް ފަތުރާށެވެ. މިއީ ކުލާސްތެރެ ސާފުކުރަން ފަސޭހައަށް ކުރާ ކަމެކެވެ. މަސައްކަތް ފެށުމުގެ ކުރިން ހުރިހައިކުދިންވެސް އެޕްރަން އެޅުމަށް އިރުޝާދު ދޭށެވެ.
3- ފެންކުލަ ގިރާ ތަށީގައި ދެތިން ހަތަރު ކުލައެއް ތައްޔާރުކޮށްލުމަށް ބުނާށެވެ.
4- ގިރާފައިހުރި ކުލައިގެ ތެރެއަށް އޮށްގާ އަޅައި ކުލަޖެއްސުމަށް ބުނާށެވެ. މިހެން ހެދުމުގެ ބަދަލުގައި ފިހިންވެސް ކުލަޖެއްސުވިދާނެ އެވެ.
5- ކުލަޖައްސާފައިވާ ގައުކޮޅުތައް ކުލަތައް ވަކިކޮށް ހިއްކުމަށް ބަހައްޓާށެވެ. ދޭތެރެއަކުން ގައުކޮޅުތައް ފުރޮޅައި ދަށަށްހުރި ފަޅި މައްޗަށް ޖަހަންވާނެއެވެ.
6- ބޯކަރުދާސް ގަނޑުގައި ފަންސުރުން ޑިޒައިން ހަދާނެ އެއްޗެއް ކުރެހުމަށް ބުނާށެވެ. މިގޮތުން ތަންކޮޅެއް އާދައިގެ އެއްޗެހި ކުރެހުމަށް ބާރުއަޅާށެވެ. އޭރުން މޮޒައިކް ހަދަން ފަސޭހަވާނެއެވެ. މިސާލަކަށް: ރުކެއް، މަލެއް، ފަތެއް، ކާރެއް، ޔޮޓެއް، ތަރިއެއް ފަދަ އެއްޗެއް ކުރެހުމަށް ބުނެވިދާނެއެވެ.
7- ބޯކަރުދާސްގަނޑުގައި ކުރެހި އެތީގެ އެކި ހިސާބުތަކުގައި ބޭނުންކުރާނެ ގައުކޮޅުތަކުގެ ކުލަތަކުގެ ނަންލިޔުމަށް ބުނާށެވެ. މިހެން ހެދުމުން ބޭނުންކުރަންޖެހޭ ކުލަތައް އެންމެ އެކަށީގެންވާ ބައިގައި ބޭނުންކުރުމަށް ފަސޭހަވާނެއެވެ.
8- ބޯކަރުދާސްގަނޑު ހަމަ ތަނެއްގައި ބޭއްވުމަށް ބުނާށެވެ. ކޮންމެ ގައުކޮޅެއް އެ ގައުކޮޅެއް ބާއްވަންޖެހޭ ތަނުގައި ތެރަސްލާފައި ތަތްކުރަމުން ގެންދިއުމަށް ބުނާށެވެ. މިސާލަކަށް: މަލެއްގައިނަމަ ކަރުގަނޑުގައި އޮރެންޖު ކުލައިގެ ގައުކޮޅުތައް، ފިޔަތަކުގައި ރަތްކުލައިގެ ގައުކޮޅުތައް ތަތްކުރުވުން.
9- ތެރަސް ހިކެންދެން ކުލާސް ކޮޓަރީގެ ބެލްކަނީގައި ބެހެއްޓުމަށް ބުނާށެވެ. މޮޒައިކު ހިކުމުން ކުލާސް ކޮޓަރީގެ ފާރުގައި ފްރޭމްކޮށްފައި ނުވަތަ ފްރޭމް ނުކޮށް ނަމަވެސް ހަރުކުރެވިދާނެއެވެ.
ލިޔުމުގެ އަސްލު ލިޔުނީ: އެރިކް ލޫޕް - އެޑިއުކޭޝަން ޑޮޓްކޮމް

Monday, July 8, 2013
Monday, July 8, 2013
- 0 Comments
ޞާލިޙު ޢަލައިހިއްސަލާމަކީ ޘަމޫދު ބާގައިގެ ބޭފުޅެކެވެ. އެކަލޭގެފާނަކީ، ނޫޙުގެފާނުގެ، ސާމްގެ، އިރަމްގެ، ޖާބިރުގެ، ޘަމޫދުގެ، ޚާދިރުގެ، ޢުބައިދުގެ، މާސިޚުގެ، އަސަފްގެ، ޢުބައިދުގެ ދަރި ޞާލިޙެވެ. އެކަލޭގެފާނު ނިސްބަތްވެގެންވާ ޘަމޫދު އަކީ، ޞާލިޙުގެފާނުގެ ކާބަފައިކަލުންގެތެރެއިންވާ މީހެކެވެ.
15 މާޗް 2013 ވީ ހުކުރު ދުވަހު ދިވެހިރާއްޖޭގެ މިސްކިތްތަކުގައި ކިޔާފައިވާ ހުކުރު ޚުޠުބާއާމެދު ވަރަށް ގިނަ މީހުން ސުވާލުކުރަމުން އެބަ ދެއެވެ. އެންމެ ގިނަ މީހުން ކުރާ ސުވާލަކީ... "އެއީ ތެދެއްތަ؟ އާސިޔާ މިނަން ކިޔުމަކީ ހުއްދަކަމެއް ނޫންތަ؟.... އާސިޔާއޭ ނުކިޔާށޭ ހުކުރު ޚުޠުބާގައި ކިޔައިފި.......
الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد
ހަފްތާގެ އެހެނިހެން ދުވަސްތަކާއި ޚިލާފަށް ހުކުރު ދުވަހަށް ޚާއްޞަ ކަންތައްތަކާއި މާތް ކަމެއް ވަނީ ލިބިގެންނެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (أَضَلَّ اللَّهُ عَنْ الْجُمُعَةِ مَنْ كَانَ قَبْلَنَا ، فَكَانَ لِلْيَهُودِ يَوْمُ السَّبْتِ ، وَكَانَ لِلنَّصَارَى يَوْمُ الأَحَدِ ، فَجَاءَ اللَّهُ بِنَا فَهَدَانَا اللَّهُ لِيَوْمِ الْجُمُعَةِ ) رواه مسلم މާނައަކީ: "އަހަރުމެންގެ ކުރީގެ އުއްމަތްތަކުގެ މީސްތަކުން ހުކުރުދުވަހާއި މެދުގައި ޣާފިލުވީއެވެ. ޔަހޫދީންނަށް ހޮނިހިރު ދުވަސް ދެއްވިއެވެ. ނަޞާރާއިންނަށް އާދީއްތަ ދުވަސް ދެއްވިއެވެ. އަހަރުމެންނަށް ހުކުރުދުވަހުގެ ހިޔާތާއި މާތް ކަން ދެއްވިއެވެ".
މި ޙަދީޘް ގެ ޝަރަޙާގައި އިމާމް ނަވަވީ-ރަޙިމަހުﷲ- ވިދާޅުވިއެވެ. "ގާޟީ ޢިޔާޟް ވިދާޅުވިއެވެ. އެބައިމީހުން ބޭނުންނަމަ ހުކުރު ދުވަސް މާތް ކުރުމުގެ ފުރުޞަތު ދެވުނެވެ. ނަމަވެސް އެބައިމީހުން އިޖްތިހާދުކޮށް ނިންމީ ހުކުރު ދުވަސް މާތް ނުކުރުމަށެވެ. މާތް ﷲ އެބައިމީހުންނަށް އެކަމުގެ ހިދާޔަތް ނުދެއްވިއެވެ. އަދި މިއުއްމަތުގެ މީހުންނަށް އިޖްތިހާދު ކުރުމުގެ ފުރުޞަތު ނުދެއްވާ ހުކުރުދުވަސް މާތް ކުރެއްވުމުގެ ސަބަބުން މިއުއްމަތަށް ހިދާޔަތް ދައްކަވައިފިއެވެ. ބުނެވޭ ގޮތުން މޫސާ ޢަލައިހިއްސަލާމް އެބައިމީހުންނަށް ހުކުރުދުވަހުގެ މާތް ކަން އަންގަވައިދެއްވިއެވެ. އަދި އެދުވަސް މާތް ކުރުމަށްވެސް އެދިވަޑައިގެންނެވިއެވެ. ނަމަވެސް އެބައިމީހުން އިޚްތިޔާރު ކުރީ ހޮނިހިރު ދުވަސް މާތް ކުރުމަށެވެ. އެހިނދު މޫސާގެފަނަށް ދެންނެވުނެވެ. އެމީހުން އެގޮތުގައި ދޫކޮށްލައްވާށެވެ. އެބައިމހުންގެ ޝަރީޢަތުގައި ހުކުރު ދުވަސް މާތް ކުރެއްވިކަން ނައްޞު ކުރައްވާފައިވާނަމަ، އެބައިމީހުންނަށް އެކަމުގައި އިޖްތިހާދު ކުރުމުގެ ފުރުޞަތެއް ނުލިބުނީހެވެ". އިމާމް ނަވަވީ ވިދާޅުވިއެވެ. ހުކުރު ދުވަހަކީ މާތް ދުވަހެއް ކަމުގައި އެބައިމީހުންގެ ޝަރީޢަތުގައި ނައްޞު ކުރެވިފައިވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެބައިމީހުން އެކަމުގައި ޚިލާފުވެގަތީއެވެ. އަދި ހުކުރު ދުވަހުގެ ބަދަލުގައި ހޮނިހިރުދުވަސް އިޚްތިޔާރު ކުރުމުގެ ސަބަބުން އެބައިމީހުން މަގުފުރެދިގެން ދިޔައީއެވެ".
وعن أوس بن أوس : عن النبي صلى الله عليه وسلم قال : ( إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ ، فِيهِ خُلِقَ آدَمُ عَلَيْهِ السَّلَام ، وَفِيهِ قُبِضَ ، وَفِيهِ النَّفْخَةُ ، وَفِيهِ الصَّعْقَةُ ، فَأَكْثِرُوا عَلَيَّ مِنْ الصَّلَاةِ فَإِنَّ صَلَاتَكُمْ مَعْرُوضَةٌ عَلَيَّ ، قَالُوا : يَا رَسُولَ اللَّهِ ، وَكَيْفَ تُعْرَضُ صَلاتُنَا عَلَيْكَ وَقَدْ أَرَمْتَ -أَيْ يَقُولُونَ قَدْ بَلِيتَ- قَالَ : إِنَّ اللَّهَ عَزَّ وَجَلَّ قَدْ حَرَّمَ عَلَى الأَرْضِ أَنْ تَأْكُلَ أَجْسَادَ الأَنْبِيَاءِ عَلَيْهِمْ السَّلام) رواه أبو داود މާނައަކީ: "މާތް ﷲ ރުއްސުންލެއްވި އައުސް ބިން އައުސްގެ ފަރާތުން ރިވާވެގެންވެއެވެ. ނަބިއްޔާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (ހަމަކަށަވަރުން އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. އާދަމް ޢަލައިހިއްސަލާމް ހެއްދެވުނީ އެދުވަހުއެވެ. އެކަލޭގެފާނު އަވަހާރަވީވެސް އެދުވަހުއެވެ. ތާޅަފިލި ފުމެވޭނީވެސް އެދުވަހުއެވެ. ގިޔާމަތްވާނީވެސް އެދުވަހުގައެވެ. ފަހެ ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާހުށީކަމެވެ. ތިޔަބައިމީހުންގެ ޞަލަވާތް ތިމަންކަލޭގެފާނުގެ އަރިހަށް ހުށަހެޅޭނެއެވެ. ޞަޙާބީން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލައެވެ. ކަލޭގެފާނު އަވަހާރަވެ ހަށިގަނޑު ފަނާވެ ދިޔުމަށްފަހުގައި އަހަރުމެންގެ ޞަލަވާތް ކަލޭގެފާނުގެ އަރިހަށް ހުށަހެޅޭނީ ކިހިނަކުންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން ނަބިއްޔުންގެ ހަށިތައް ކެއުން މާތް ﷲ ވަނީ ބިންތަކަށް ޙަރާމް ކުރައްވާފައެވެ".
وعَنْ أَبِي لُبَابَةَ بْنِ عَبْدِ الْمُنْذِرِ قَالَ : قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( إِنَّ يَوْمَ الْجُمُعَةِ سَيِّدُ الأَيَّامِ ، وَأَعْظَمُهَا عِنْدَ اللَّهِ ، وَهُوَ أَعْظَمُ عِنْدَ اللَّهِ مِنْ يَوْمِ الأَضْحَى وَيَوْمِ الْفِطْرِ ، فِيهِ خَمْسُ خِلالٍ : خَلَقَ اللَّهُ فِيهِ آدَمَ ، وَأَهْبَطَ اللَّهُ فِيهِ آدَمَ إِلَى الأَرْضِ ، وَفِيهِ تَوَفَّى اللَّهُ آدَمَ ، وَفِيهِ سَاعَةٌ لا يَسْأَلُ اللَّهَ فِيهَا الْعَبْدُ شَيْئًا إِلا أَعْطَاهُ ، مَا لَمْ يَسْأَلْ حَرَامًا ، وَفِيهِ تَقُومُ السَّاعَةُ ، مَا مِنْ مَلَكٍ مُقَرَّبٍ وَلا سَمَاءٍ وَلا أَرْضٍ وَلا رِيَاحٍ وَلا جِبَالٍ وَلا بَحْرٍ إِلا وَهُنَّ يُشْفِقْنَ مِنْ يَوْمِ الْجُمُعَةِ ) . رواه ابن ماجه މާނައަކީ: "މާތް ﷲ ރުއްސުންލެއްވި އަބޫލުބާބަތު ބިން ޢަބްދިލް މުންޛިރި ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (ހަމަކަށަވަރުން ހުކުރު ދުވަހަކީ ދުވަސް ތަކުގެ ތެރެއިން އެންމެ ޚާއްޞަ ދުވަހެވެ. އަދި ﷲ ގެ ޙަޟްރަތުގައި އެންމެ މަތިވެރިވެސް ދުވަހެވެ. އަޟްޙާ ޢީދާއި ފިޠްރު ޢީދުގެ ދުވަހަށް ވުރެވެސް މަތިވެރި ދުވަހެކެވެ. އެދުވަހުގައި ފަސްކަމެއް ހިމެނިފައިވެއެވެ. އާދަމް ޢަލައިހިއްސަލާމް ހެއްދެވުނީ އެދުވަހުގައެވެ. އަދި އެކަލޭގެފާނު ބިމަށް ތިރި ކުރެވުނީވެސް އެދުވަހުގައެވެ. އެކަލޭގެފާނު އަވަހާރަވީވެސް އެދުވަހުގައެވެ. އަޅާ މާތް ﷲ ގެ ޙަޟްރަތުގައި ޙަރާމް ކަމެއް ފިޔަވާ އެހެން ކޮންމެ ކަމަކަށް އެދި ދަންނެވިނަމަވެސް އެކަމެއް ދެއްވާނެ ވަގުތުކޮޅެއް އެދުވަހުގައިވެއެވެ. ގިޔާމަތްވާނީ ވެސް އެދުވަހުގައެވެ. އެދުވަހާއި މެދުގައި ބިރުވެތިނުވާ މަލާއިކަތެއް، އުޑެއް، ބިމެއް، ވައިރޯޅިއެއް، ފަރުބަދައެއް، އަދި ކަނޑެއް ނުވެއެވެ". އެހެނީ ގިޔާމަތް ވަނީ ހުކުރުދުވަހުގައި ކަން އެތަކެއްޗަށް އެނގެއެވެ.
ހުކުރު ދުވަހުގެ މާތް ކަމުގެ ތެރޭގައި:
1. އެންމެ މާތް ނަމާދު ކަމުގައިވާ ހުކުރުނަމާދު އެދުވަހުގައި ކުރެވޭކަން، އަލްޖުމުޢަތު ސޫރަތުގެ 9 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّـهِ وَذَرُوا الْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ) މާނައަކީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: خطبة އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ".
عَنْ أَبِي هُرَيْرَةَ رضي الله عنه أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ :( الصَّلاةُ الْخَمْسُ، وَالْجُمْعَةُ إِلَى الْجُمْعَةِ ، كَفَّارَةٌ لِمَا بَيْنَهُنَّ مَا لَمْ تُغْشَ الْكَبَائِر) رواه مسلم. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (ފަރްޟު ފަސްނަމާދާއި، ހުކުރުން ހުކުރަކީ ބޮޑެތި ފާފަތަކަށް އަރައި ނުގަންނަހާ ހިނދަކު އެދެމެދުގައިވާހާ ކަންތަކުގެ ކައްފާރާއެކެވެ".
2. ހުކުރު ވިލޭރޭ ޖަމާޢަތުގައި ކުރެވޭ ފަތިސްނަމާދަކީ ހަފްތާގެ ތެރޭގައި ކުރެވޭ އެންމެ މާތް ނަމާދެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރު ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (أفضل الصلوات عند الله صلاة الصبح يوم الجمعة في جماعة ) . رواه البيهقي في "شعب الإيمان" . މާނައަކީ: "މާތް ﷲ ގެ ޙަޟްރަތުގައި އެންމެ މާތް ނަމާދަކީ ޖަމާޢަތުގައި ކުރެވޭ ހުކުރުވިލޭރޭގެ ފަތިސް ނަމާދެވެ". ހުކުރު ވިލޭރޭގެ ފަތިސްނަމާދުގައި ފުރަތަމަ ރަކްޢަތުގައި ސަޖިދަ ސޫރަތް އަދި ދެވަނަ ރަކްޢަތުގައި އިންސާނު ސޫރަތް ކިޔެވުމަކީ ސުންނަތެކެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ.( أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَقْرَأُ فِي الصُّبْحِ يَوْمَ الْجُمُعَةِ بِـ ( الم تَنْزِيلُ ) فِي الرَّكْعَةِ الأُولَى وَفِي الثَّانِيَةِ ( هَلْ أَتَى عَلَى الإِنْسَانِ حِينٌ مِنْ الدَّهْرِ لَمْ يَكُنْ شَيْئًا مَذْكُورًا ) . رواه البخاري ومسلم . މާނައަކީ: "ހުކުރުވިލޭރޭ ފަތިސްނަމާދުގެ ފުރަތަމަ ރަކްޢަތުގައި ( الم تَنْزِيلُ ) އަދި ދެވަނަ ރަކްޢަތުގައި ( هَلْ أَتَى عَلَى الإِنْسَانِ حِينٌ مِنْ الدَّهْرِ لَمْ يَكُنْ شَيْئًا مَذْكُورًا ) ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކިޔަވާ ވިދާޅުވިއެވެ".
އަލްޙާފިޡް އިބްނު ޙަޖަރު ވިދާޅުވެފައިވެއެވެ. "މިދެސޫރަތް ކިޔެވުމުގެ ޙިކްމަތަކީ އާދަމްގެ ފާނު ހެއްދެވުނު ވާހަކަ އާއި ގިޔާމަތްވުމުގެ ވާހަކަތައް މިދެސޫރަތުގައި ބަޔާންވެފައި ވުމެވެ".
3. ހުކުރު ދުވަހު ނުވަތަ ހުކުރުވިލޭރޭ މަރުވާ މީހުން ކައްވަޅުގެ ޢަޛާބުން ސަލާމަތް ކުރައްވައެވެ. މާތް ﷲ ރުއްސުންލެއްވި ޢަބްދިﷲ ބިން ޢަމްރި- ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (مَا مِنْ مُسْلِمٍ يَمُوتُ يَوْمَ الْجُمُعَةِ أَوْ لَيْلَةَ الْجُمُعَةِ إِلا وَقَاهُ اللَّهُ فِتْنَةَ الْقَبْرِ) މާނައަކީ: "ހުކުރު ދުވަހު ނުވަތަ ހުކުރު ވިލޭރޭ މަރުވާ ކޮންމެ މުސްލިމަކު ކައްވަޅުގެ ޢަޛާބުން ސަލާމަތް
ކުރައްވައެވެ". والله أعلم
ލިޔުނީ: އައްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ﷲ ތަޢާލާވަނީ އާދަމުގެ ދަރީންގެ ހަށިތައްނިވާކުރުމަށްޓަކައި އެބައިމީހުންނަށް ފޭރާމުގެ ނިޢުމަތްދެއްވާފައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿ يَا بَنِي آدَمَ قَدْ أَنزَلْنَا عَلَيْكُمْ لِبَاسًا يُوَارِي سَوْآتِكُمْ وَرِيشًا وَلِبَاسُ التَّقْوَىٰ ذَٰلِكَ خَيْرٌ ذَٰلِكَ مِنْ
آيَاتِ اللَّـهِ لَعَلَّهُمْ يَذَّكَّرُونَ ﴾ (سورة الأعراف ٢٦) މާނައީ: “އޭ އާދަމުގެދަރިންނޭވެ! ތިޔަބައިމީހުންގެ ޢައުރަތައް ނިވައިކުރަނިވި ހެދުމާއި، ޒީނަތްތެރި ފޭރާން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވީމެވެ. އަދި ތަޤުވާގެ ފޭރާން މާހެޔޮކަން ބޮޑެވެ. އެކަންތައްތައްވަނީ، ﷲ ގެ އާޔަތްތަކުގެ ތެރެއިންނެވެ. (އެއީ) އެއުރެން ހަނދުމަ ކުރުމަށްޓަކައެވެ.”
ފޭރާމުން ނިވާވެ އުޅުމުގައި ފިރިހެނުންނާއި އަންހެނުންނަށް އިސްލާމްދީނުގައިވަނީ ވަކި މިންގަނޑުތަކެއް ކަނޑައެޅިފައެވެ. އެއީ އެބައިމީހުންގެ ޢިއްޒަތާއި ކަރާމާތްތެރިކަން ރައްކާތެރިކޮށްދިނުމުގެގޮތުންނެވެ. ޚާއްޞަގޮތެއްގައި އަންހެން ބޭކަނބަލުން ހެދުން އެޅުމުގައި ގެންގުޅެންވީ މިންގަނޑު ކީރިތި ޤުރުއާނުގެ ނައްޞުގައި އައިސްފައިވައިވުމުން އެކަން އެންމެހާ މުސްލިމުންނަށްވެސް ނުހަނު ސާފުވެފައިވެއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ.
﴿ يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّ ذَٰلِكَ أَدْنَىٰ أَن يُعْرَفْنَ فَلَا يُؤْذَيْنَ وَكَانَ اللَّـهُ غَفُورًا رَّحِيمًا ﴾ (سورة الأحزاب ٥٩) މާނައީ: ” އޭ ނަބިއްޔާއެވެ. ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ދަރިދަރިކަނބަލުންނާއި އަދި މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ޖިލްބާބުތަކުން (ބޮލުން ފެށިގެން މޫނާއި އަދި ހަށިގަނޑު ނިވާވާގޮތަށް ލެވޭހެދުމެއް) ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ. އެކަނބަލުން އެނގިގެން ވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑެވެ. ﷲއީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ.”
މިކަން ކިތަންމެ ރަނގަޅަށް އެނގުނު ނަމަވެސް ސައްތައިން ސައްތަ އިސްލާމީ ރާއްޖޭގައިވެސް މިހާރު ހިތާމަވެރި މަންޒަރެއް ފެނެއެވެ. ﷲ ތަޢާލާގެ މަތިވެރި އާޔަތްތައް ބޮލާލާޖަހުމަށްފަހު ދީނުގެ މިފަދަ މަތިވެރި ޝިޢާރުތައް ބައެއްމީހުން ކުޅިވަރަކަށް ހަދާތަނެވެ. ބުރުޤާ އަޅައިގެން “ބޮޑުބެރަށް ނެށުމާއި” މުޒާހަރާތަކުގެ އެންމެ ކުރީގައި ތިބުމާއި އަދި ޖޯޑުޖޯޑަށް އަނދިރި ހިސާބުތަކުގައި ތިބޭކަމީ ހިތާމަހުރިކަމެކެވެ. ޢިއްފަތްތެރި އަންހެނަކަށް ނުވެވިއްޖެނަމަ އޭނާއަށް ހަމަޔަޤީނުންވެސް ބުރުޤާ އެޅުމުގެ މަޤުޞަދާއި ޚިލާފުވެވިއްޖެއެވެ.
ބުރުޤާ އެޅުމުގެ މަޤުޞަދަކީ އަންހެނާގެ ވަނާތައް ނިވާކޮށް މީސްތަކުންގެ ސަމާލުކަން ނުހުއްޓޭފަދަ ގޮތަކަށް ހުރުންކަމުގައިވީނަމަވެސް މަތީގައިވާ ތަސްވީރުން އެފެންނަ އެންމެހާ “ސްޓައިލް” ތަކަށްވެސް މުސްލިމު އަންހެނުން މިއަދު ބުރުޤާ އަޅައެވެ. ސުވާލަކީ މިފަދައިން ބުރުޤާ އަޅާމީހުން މިމަސައްކަތްކުރަނީ ﷲ ތަޢާލާއަށް މަކަރުހަދާ ޤިޔާމަތްދުވަހުން ތިމަންވެސް ބުރުޤާ އެޅީމޭ ބުނުމަށްޓަކައި ހެއްޔެވެ؟ އެފަދަ އަދަބުކުޑަ ގޮތްގޮތަށް ބުރުޤާ އަޅާ ބަޔަކު އެފަދައިން ދުލުން ނުބުނި ނަމަވެސް މީ އެބައިމީހުންގެ ޙާލުގެ ދުލުން ބުނެވޭ ބުނުމެކެވެ.
އަންހެނާއަށް ނިވާކަން ބޮޑީ ގެއިން ބޭރަށް ދާ ކޮންމެ ފަހަރަކު ކަރުގެ ވަށައިގެން ބުރުޤާ އޮޅާލުމުންތޯއެވެ؟ ނުވަތަ ހުރިހާ ދިމާލަކުން ދަތި ޖަހައިގެން ބުރުޤާ ވީހާވެސް ކުޑަކޮށްލީމާތޯއެވެ؟ ނުވަތަ ބޮލުން ފެންހިއްކުމަށް ތުވާއްޔެއް އޮޅާލާހެން ބުރުޤާ ބޮލުގައި އޮޅާލުމުންތޯއެވެ؟ މިފަދައިން ކަންކުރާމީހުން އެކުރާ ކަމެއްގެ ނުބައިކަމާއެވެ. މިފަދަ މީހުންނަށް ނުވިސްނުނުނަމަވެސް، އެބައިމީހުންނަށް އެކުރެވޭކަމަކީ އަންހެނުންގެ ޝަރަފާއި ޢިއްޒަތްކަމުގައިވާ ޙިޖާބަށް މަލާމާތް ކުރުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿ وَلَا تَتَّخِذُوا آيَاتِ اللَّـهِ هُزُوًا وَاذْكُرُوا نِعْمَتَ اللَّـهِ عَلَيْكُمْ وَمَا أَنزَلَ عَلَيْكُم مِّنَ الْكِتَابِ وَالْحِكْمَةِ يَعِظُكُم بِهِ وَاتَّقُوا اللَّـهَ وَاعْلَمُوا أَنَّ اللَّـهَ بِكُلِّ شَيْءٍ عَلِيمٌ ﴾ (سورة البقرة ٢٣١) މާނައީ: ”އަދި، ﷲގެ އާޔަތްތައް އެއީ ފުރައްސާރައެއްކަމުގައި ތިޔަބައިމީހުން ނަހަދާށެވެ. އަދި ތިޔަބައިމީހުންނަށް ﷲ ދެއްވި ނިޢުމަތްތަކާއި، އަދި، ފޮތާއި، ޙިކުމަތުގެ ތެރެއިން ތިޔަބައިމީހުންނަށް ބާވައިލެއްވި ތަކެތި، ތިޔަބައިމީހުން ހަނދުމަކުރާށެވެ. އެކަލާނގެ އެއިން ތިޔަބައިމީހުންނަށް ނަޞީޙަތް ވަޙީކުރައްވައެވެ. އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ. އަދި ހަމަކަށަވަރުން ﷲއީ ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ.”
ބުރުޤާ ފެޝަނަކަށް ހަދައިގެންއުޅޭ މީހުން ﷲ ތަޢާލާގެ ޢަޛާބަށް ބިރުވެތި ނުވަނީތޯއެވެ. އެފަދަމީހުންނަށް އިންޒާރުދެއްވާ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. (( صِنْفَانِ مِنْ أَهْل النَّارِ لَمْ أَرَهُمَا، قَومٌ مَعَهُمْ سِيَاطٌ كَأَذْناَبِ الْبَقَرِ يَضْرِبُوْنَ بِهَا النَّاسَ، وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيْلاَتٌ مَائِلاَتٌ، رُؤُوْسُهُنَّ كَأَسْنِمَةِ الْبُخْتِ الماَئِلَةِ لاَ يَدْخُلْنَ الْجَنَّةَ وَلاَ يَجِدْنَ رِيْحَهَا. وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ كَذَا وَكَذَا )) [أخرجه مسلم / كتاب: اللباس والزينة / باب: النساء الكاسيات / رقم الحديث: ٢١٢٨] މާނައީ: “ނަރަކައިގެ އަހުލުވެރިންގެތެރެއިން ތިމަންކަލޭގެފާނު އެދެބައިމީހުން ދެކެވަޑައިނުގަންނަވާ ދެބާވަތެއްގެ ބަޔަކުވެއެވެ. އެއީ ގެރީގެ ނިގޫފަދަ ޗާބޫކުތަކުން މީހުންގައިގައި ނުޙައްޤުން ތަޅާ އަދަބުދޭ ބަޔަކާއި، ހެދުންލައިގެން އޮރިޔާމުން ތިބޭ އަންހެނުންގެ ބައެކެވެ. އެބައމީހުންނަކީ އެހެން މީހުން ސީދާމަގުން އެއްކިބާކޮށް ލަންބުވާ އަދި ޢިއްފަތްތެރިކަމުގެ ސީދާމަގުން އެއްކިބާވެ ލެނބިފައިތިބޭ ބައެކެވެ. އެކަނބަލުންގެ އިސްތަށިގަނޑު ހީވާނީ ޖަމަލުގެ ގޮންގަނޑު ހެންނެވެ. އެކަނބަލުންނަށް އެއްގޮތަކަށްވެސް ސުވަރުގެއަކަށް ނުވަދެވޭނެއެވެ. އަދި ސުވަރުގޭގެ ވަސްވެސް ނުގަނެވޭނެއެވެ. އެތާނގެ ވަސް އެވެނި މިވެނި ރާސްތާއަކަށް ފޯރައެވެ.”
އާޚިރަތްދުވަހުން ނަރަކައިގެ ޢަޛާބަށް އަޅުގަނޑުމެންނަށް ކެތެއް ނުކުރެވޭނެއެވެ. އެހެންކަމުން ﷲ ތަޢާލާގެ އާޔަތްތަކަށް ފުރައްސާރަކުރުމުގެ ބަދަލުގައި އެއާޔަތްތަކަށް ބޯލަނބާ ކިޔަމަންވާން އެބަޖެހެއެވެ. އަޅުގަނޑުމެން އަޅާ ބުރުޤާއަކީވެސް އަޅުގަނޑުމެން ނަރަކައާއި ދުރުކުރުވާ އަދި ސުވަރުގެއާއި ގާތްކުރުވަނިވި އެއްޗަކަށް ހަދަމާ ހިނގާށެވެ. ވީހާވެސް ނިވާކަންބޮޑު ގޮތަކަށް ބުރުޤާ އެޅުމަށް އާދަކުރަމާ ހިނގާށެވެ. ﴿ يَا بَنِي آدَمَ لَا يَفْتِنَنَّكُمُ الشَّيْطَانُ كَمَا أَخْرَجَ أَبَوَيْكُم مِّنَ الْجَنَّةِ يَنزِعُ عَنْهُمَا لِبَاسَهُمَا لِيُرِيَهُمَا سَوْآتِهِمَا إِنَّهُ يَرَاكُمْ هُوَ وَقَبِيلُهُ مِنْ حَيْثُ لَا تَرَوْنَهُمْ إِنَّا جَعَلْنَا الشَّيَاطِينَ أَوْلِيَاءَ لِلَّذِينَ لَا يُؤْمِنُونَ ﴾ (سورة الأعراف ٢٧) މާނައީ: “އޭ އާދަމުގެދަރިންނޭވެ! ތިޔަބައިމީހުންގެ މައިންބަފައިން ކަމުގައިވި (އާދަމުގެފާނާއި ޙައްވާގެފާނާއި) ދެކަނބަލުންގެ ޢައުރަ އެ ދެކަނބަލުންނަށް ދެއްކުމަށްޓަކައި، އެ ދެކަނބަލުންގެ ފޭރާން ބާލައި، އެ ދެކަނބަލުން ސުވަރުގެއިން ނެރެލިފަދައިން، ޝައިޠާނާ ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެ ޝައިޠާނުން ނުފެންނަހިނދުގައި، އެ ޝައިޠާނާއާއި، އޭނާގެ ލަޝްކަރަށް ތިޔަބައިމީހުން ފެނެއެވެ. ހަމަކަށަވަރުން، އީމާންނުވާ މީހުންނަށް، ވާގިވެރިވާ ބަޔަކު ކަމުގައި، ތިމަންރަސްކަލާނގެ ޝައިޠާނުން ލެއްވީމެވެ.”
މިފަދަ ވާހަކަތައް އިވުމުން ބައެއްމީހުން ބުނެފާނެއެވެ. “ތިމަން ބުރުޤާ ނާޅާ މިހުންނަނީ ފާޑުފާޑު ގޮތްގޮތަކަށް ބުރުޤާ ނާޅާންވެގެންނެވެ.” ދަންނާށެވެ. މިފަދަ ވާހަކަތަކަކީ ބުރުޤާ އެޅުމަށް ދެއްކޭނެ ބަހަނާއެއްނޫނެވެ. ތައުބާވެ ހެޔޮކަމުގެމަގަށް އަވަސްވެގަންނާށެވެ. އެހެނީ ފިރުޢައުނުވެސް ޣަރަޤުވާންފެށުމުން ތައުބާވާން އުޅުނެވެ. ނަމަވެސް އޭރު ވަގުތު ފާއިތުވެއްޖެއެވެ. ދުޢާއަކީ ﷲ ތަޢާލާ އަޅުގަނޑުމެންނަށް ހެޔޮމަގުގައި ފައިތިލަ ޘާބިތުކޮށްގެން ތިބުމުގެ ތައުފީޤުދެއްވުމެވެ.

މިއަދަކީ ދުނިޔޭގެ ތިމާވެށީގެ ދުވަހެވެ. އާދެ ! ޖޫންމަހުގެ 5 ވަނަ ދުވަހެވެ. މިދުވަހަކީ ދުނިޔޭގެ ތިމާވެށީގެ ދުވަސްކަން އެނގެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައްމީހުންނަށް ބާވައެވެ. ހަމަ ޔަޤީނުންވެސް އަޅުގަނޑު ދިރިއުޅޭ މި މަޖުތަމަޢުގެ ދެބައިކުޅަ އެއްބަޔަށްވެސް މިއަދަކީ ތިމާވެށީގެ ދުވަސްކަމެއް ނޭނގެއެވެ.
އާއްމުރައްޔިތުން ކުރާ ނޭދެވޭ ކަންތައްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ތިމާވެއްޓަށް އެތައްއެތައް ގެއްލުމެއް ލިބެމުންދާކަމީ އެންމެންދަންނަ ބޮޑު ސިއްރެކެވެ. ރަށުގެ ރީތި ގޮޑުދޮށްތައް ފުރިފައިވަނީ އުކާލެވޭ ނެޕީތަކުންނާއި ، ބާފޮތިތަކާއި ކެއްކުމަށް ބޭނުންކޮށްފައިހުންނަ ހުސްމަސްދަޅުތަކާއި، ޓޮމާޓޯ ދަޅުތަކާއި އަދި އެހެނިހެން ތަފާތު ވައްތަރުވައްތަރުގެ ދަޅުތަކުންނެވެ.
ރަށުގެ ބޮޑުބައެއް އަވަސް ސްޕީޑްގައި އެންމެންގެ ލޯމަތީގައި ގިރަމުންދަނީ ރަށުގެ ގޮޑުދޮށުން އެއްވެސް ބެލުމެއްނެތި ވެލި ނެގުމުންކަން އެންމެންވެސް ދަނެއެވެ. ހަމަ މިއާއިއެކު ޖައްވު ހޫނުވަނީ ބޮޑަތި ބިޔަގަސްތައް ކެނޑުމުންކަން ނޭނގޭ ކުޑަކުއްޖަކުވެސް ނޫޅޭނެއެވެ.
ނަމަވެސް ހިތާމައަކީ މިިއިން ކަމަކަށް އަޅާލާނެ މިފަދަ ކަންތައްތައް މީހުންގެ ސަމާލްކަމަށް ގެންނާނެފަރާތެއް ، ޒިންމާ އުފުލާނެ ފަރާތެއް ނެތްކަމެވެ.
އަޅުގަނޑުގެ ނަޒަރުގައި ތިމާވެށީގެ ދުވަހެއް ކުލަގަދަ ގޮތެއްގައި ފާހަނގަ ކުރުމުގެ ބަދަލްގައި ދުރާލާ ތައްޔާރުވެ މީހުން ހޭލުންތެރި ކުރުވާ، ތިމާވެށީގެ ގޮތުން ރަށަށް ދިމާވެފައާ ކަންތައްތަކުގެ ތެރެއިން ހައްލުކުރެވެން ހުރި ކަންތައްތައް ހައްލުކުރުމަށް މި ދުވަސް ރަށުފެންވަރުގައި ފާހަގަކުރުން މާ އައުލާކަންބޮޑުވެފައި މުޖުތަމަޢުއަށް ލިބޭކުރިއެރުން މާ ބޮޑުވާނެއެވެ.
ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުންވެސް އަބަދުވެސް އިވެނީ ” ތިމާވެއްޓޭ ” ކިޔާއަޑެވެ. ތިމާވެށީގެ ގޮތުން ހުރި ގޮންޖެހުންތަކަށް މާބޮޑު ހައްލެއް އަންނަތަނެއް އަޅުގަނޑުމެންނަކަށް ނުފެނެއެވެ. އަޅުގަނޑު ޤަބޫލްކުރާ ގޮތުގައި މިއަދު ވާންވީ ތިމާވެށީގެ ގޮތުން ވާހަކަދެކެވޭ ، ތިމާވެށީގެ ކަންތައްތަކުގެ ތެރެއިން ހައްލު ގެނެވޭ ޒާތުގެ ކަންތައްތަކަށް ހައްލު ގެނެވޭ ދުވަހަކަށެވެ.
މިއަދަކީ ހަމައެކަނި ރަށުގެ ހޭޅިފަށުގައި އިންދާލެވޭ ގަހަކުން ނުވަތަ އިންދާލެވޭ ރުކަކުށް ނުވަތަ ރަށުގެ ބަނދަރު ސަަރަޙައްދު ސާފުކޮށްލާ ސާފުކުރުމަކުން ނިންމާލެވޭ ދުވަހަކަށް ވެގެން ނުވާނެއެވެ. އަޅުގަނޑުމެންގެ މުތަމަޢުތަކަށް ތިމާވެށީގެ ގޮތުން ގޮތުން ދިމާވެފައިވާ މައްސަލަތައް މިއަށްވުރެ ގިނަވެފައި ނާޒުކެވެ.
ހަމަޔަޤީނުންވެސް ކަމާބެހޭ ފަރާތުން ކުޑަނަމަވެސް ބާރެއް އަޅާލައިފިނަމަ ރަށުގެ ގޮޑުދޮށްތަކުން ފެންނަމުން މިދާ ނެޕީ ތަކާއި ބާފޮތިތަކާއި ، މަސްދަޅުތަކާއި ޓޮމާޓޯ ދަނޅުތަކުން އަޅުގަނޑުމެންގެ މިރީތި ގޮޑުދޮށްތައް ސަލާމަތް ކުރެވޭނެއެވެ.
ލިޔުން ނެގީ: ލަންދޫ އިންފޯ އިން

ލ. އަތޮޅު ތަޢުލީމީ މަރުކަޒަށް 30 އަހަރު ފުރުމުގެ މުނާސަބާ މިއަދު (7 މެއި 2013 ގައި) ފާހަގަ ކުރަމުން އަންނަ އިރު ތަނަށްވަނީ ގިނަގުނަ ތަރައްޤީއާއި ކުރިއެރުން ލިބިފައެވެ. އެގޮތުން މިދިޔަ އަހަރާއި މި އަހަރުވެފައިވަނީ ތަނަށް ވަޞީލަތްތައް އިތުރުވަމުން އަންނަ އަހަރަކަށެވެ. މި ލިޔުމުގައި މި ބަލައިލަނީ މަރުކަޒުގެ ތަރައްޤީގެ ދުވެލީގެ މައްޗަށެވެ.
ލ. އަތޮޅު ތަޢުލީމީ މަރުކަޒަކީ ކޮމިއުނިޓީ ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫޢުގެ ދަށުން ލ. ފޮނަދޫގައި އިމާރާތްކޮށްފައިވާ ސްކޫލެކެވެ. ސްކޫލްގެ ބިންގާ އަޅާފައިވަނީ 1980 ވަނަ އަހަރު އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހުއެވެ. ހިޖްރީ ސަނަތުން 1400 ވަނަ އަހަރު ޛުލްޙިއްޖާ މަހުގެ 11 ވަނައަށްވީ ހޯމަދު ދުވަހުއެވެ. ބިންގާ އަޅުއްވައިދެއްވީ އޭރު ހައްދުންމަތީގެ އަތޮޅުވެރިއަކަށް ހުންނެވި އަލްފާޟިލް އިސްމާޢީލް މުޙައްމަދު (ޖަންބު ދޮން އިސްމާޢީލް) އެވެ.
ސްކޫލް އިމާރާތްކުރުމުގެ މަސައްކަތް ފެށުމަށްފަހު ދިމާވި ދަތިތަކެއްގެ ސަބަބުން އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ނުގޮސް ދުވަސްތަކަކަށް މަޑުޖެހޭގޮތްވިއެވެ. މިކަމުގެ ހައްލެއް ހޯއްދެވުމުގެ ގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ޑިރެކްޓަރ އަލްއުސްތާޛް މުޙައްމަދު އިބްރާހިމް ލުޠުފީ ފޮނުއްވިއެވެ. ލުޠުފީ ފޮނަދުއަށް ދުރުވެ ވެރިންގެ މަޝްވަރާއާއި އެކު ފޮނަދޫގައި ތިބި އިމާރާތްކުރުމުގެ މަސައްކަތްކުރާ މީހުންނާ ވާހަކަދައްކާ ކަން އޮތްގޮތް އޮޅުންފިލުވައިދެއްވާ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖެއްސެވިއެވެ.
ސްކޫލް އިމާރާތްކޮށް ނިމި 1983 ވަނަ އަހަރު މޭމަހުގެ 7 ވަނަ ދުވަހު ސްކޫލް ހުޅުވައިދެއްވީ އޭރުގެ ތަޢުލީމީ ވަޒީރު އޮނަރަބަލް އަލްއުސްތާޛް މުޙައްމަދު ޒާހިރު ޙުސައިންއެވެ. ލ. އަތޮޅު ތަޢުލީމީ މަރުކަޒު ހުޅުވުނު އިރު ކިޔަވާކުދިންގެ ގޮތުގައި ޖުމުލަ ތިބީ 278 ދަރިވަރުންނެވެ. އޭގެތެރެއިން 79 ދަރިވަރުންނަކީ ލ. އަތޮޅު ފޮނަދޫ ފިޔަވައި އެހެން ރަށްރަށަށް ނިސްބަތްވާ ދަރިވަރުންނެވެ. މަރުކަޒު ހުޅުވި ކިޔަވައިދޭން ފެށުނުއިރު ކިޔވައިދިނުމުގެ މަސައްކަތާއި އިދާރީ މަސައްކަތް ކުރެއްވުމަށް ތިއްބެވީ އެންމެ 6 ބޭފުޅުންނެވެ. މި ހަ ބޭފުޅުންގެ ތެރެއިން ވެރިއެއްގެ ގޮތުގައި ހުންނެވީ މިހާރު މާވަސު ދާއިރާގެ ރައްޔިތުން މަޖިލީހުގެ ގޮނޑީގައި އިންނެވި ލ. މާވަށު ދުންފިނިގޭ ޢަބްދުލް ޢަޒީޒް ޖަމާލު އަބޫބަކުރެވެ.
ފުރަތަމަ ކިޔަވައިދޭން ފެށުނު އިރު ރަސްމީ ކުލާސްތައް ހަމަޖައްސާފައިވަނީ ގްރޭޑް 3 އާއި ހަމައަށެވެ. ރަސްމީކޮށް ތާވަލް ކުރެވިގެން އޭރު ކިޔަވައިދެނީ ދިވެހި، އިސްލާމް، އިނގިރޭސި، ހިސާބު އަދި ތިމާވެށި މި ފަސް މާއްދާއެވެ. މީގެ އިތުރުން އަމަލީ ފަންނުތަކާއި ހަށިގަނޑުގެ ތަރުބިއްޔަތުވެސް އޮވެއެވެ. މި ދެންނެވިގޮތަށް ކިޔަވައިދިނުމުގެ ކަންތައްތައް ކުރިއަށް ދިޔައިރު ރަސްމީ ތަޢުލީމުގެ އެންމެ މަތީ ކުންނަކީ ފަށާ ތަޢުލީމުގެ އޭރުގެ މިންގަނޑު ކަމަށްވާ ގްރޭޑް 5 އާއި ހަމައަށެވެ.
ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ގްރޭޑް 7 އާއި ހަމައަށް ކިޔަވައިދޭން ފެށުނީ 1989 ވަނަ އަހަރުއެވެ. އަދި 1995 ވަނަ އަހަރު ޕްރީ އަށެއްގައި ކިޔެވި ދަރިވަރުންނާއި އޭރު ގްރޭޑް 7 ގެ ދަރިވަރުންނާއި އެކު ދެވުނު އެންޓްރޭންސް ޓެސްޓުން ގްރޭޑް 8 އުފެއްދޭވަރަށް ދަރިވަރުން ފާސްވެ. 1996 ވަނަ އަހަރު ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ގްރޭޑް 8 އުފެއްދުމުގެ ހުއްދަ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދެއްވުން ވެގެންދިޔައީ ހައްދުންމަތި މިއަދު މިދެކޭ ތަރައްޤީއާއި ތަހްޒީބުގެ ބިންގާ ކަމުގައެވެ.
1996 ވަނަ އަހަރު ފެށިގެން ދިޔަ ޘާނަވީ ކުލާހުގެ ދަރިވަރުން ޘާނަވީ މަރުޙަލާގެ ކިޔެވުން ނިންމައި ޖީސީއީ އޯލެވެލް އިމްތިހާނާއި އެސްއެސްސީ އިމްތިހާނުގައި ފުރަތަމަ ފަހަރަށް އިށީންނީ 1998 ވަނަ އަހަރުއެވެ. އެއީ މި ދެ އިމްތިހާނު ލ. އަތޮޅުގައިވެސް ފުރަތަމަ ފަހަރަށް ބޭއްވުނު ފަހަރުކަން ފާހަގަ ކޮށްލަން ޖެހެއެވެ.
ޘާނަވީ ފެންވަރަށް ކިޔަވައިދިނުން ކުރިއަށްގޮސް އެ ހިސާބުން ކިޔެވުން ނިންމާލެވެން ނެތްކަމުގެ ޚިޔާލު އުފެދި މަރުކަޒުގެ ބެލެނިވެރިންނާއި ފޮނަދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި އެކިއެކި އަމިއްލަ ފަރުދުންގެ މަސައްކަތުން 2004 ވަނަ އަހަރު ޖޫންމަހުގެ 25 ވަނަ ދުވަހު މަރުކަޒުގައި މަތީ ޘާނަވީ ކުލާސް އުފައްދައި ބިޒްނަސް ސްޓްރީމް ކިޔަވައިދޭން ފެށިއެވެ. ދަތިތަކަކާއި އެކު މަތީ ޘާނަވީ ނިންމައި އިމްތިޙާނުގައި ބައިވެރިވި ދަރިވަރުން ހޯދި ނަތީޖާތަކަކީ ހިތްހަމަޖެހޭފަދަ ރަނގަޅު ނަތީޖާތަކެއްކަން ފާހަގަ ކޮށްލެވެއެވެ.
1983 ވަނަ އަހަރު ލ. އަތޮޅު ތަޢުލީމީ މަރުކަޒު ހުޅުވުނު އިރު ތަނުގައި ހުރީ މައިގަނޑު 3 އިމާރާތެވެ. އެއީ ހަތަރު ކުލާސް ކޮޓަރީގެ ޖާގަ އޮންނަ ވަރުގެ މާލަމަކާއި (ކުރީގެ ޖަލްސާކުރާ ހޯލާއި) ވަކިންހުރި އެއް ކުލާސްކޮޓަރިއާއި އިޖްތިމާޢީ ތަޢުލީމުދޭ ކުލާސް ކޮޓަރި ހިމެނޭ ބަޔަކާއި ހެޑްމާސްޓަރު ހުންނަވާ ގެއާއި އޮފީސް އިމާރާތް ހިމެނޭ ބައެކެވެ. މީގެ އިތުރުން ވަކިން ހަދާފައިވާ ކުޑަ ފާޚާނާ ބަރިއެއްވެސް ހުއްޓެވެ. ކުރިން މި ދެންނެވި އިމާރާތްތަކުގެ އިތުރުން މަރުކަޒުގައި 1994 ވަނަ އަހަރު 4 ކުލާސް ކޮޓަރި ހިމެނޭ އިމާރާތަކާއި ފާޚާނާ ބައރިއަކާއި (މިހާރު ބޭނުންކުރަމުން އަންނަ ފާޚާނާ ބަރި) ގުދަނެއް ހިމެނޭ އިމާރާތެއް އަޅާފައި ވެއެވެ. މި ދެންނެވި ހަތަރު ކުލާސް ކޮޓަރި ފިޔަވައި އެއްވެސް އިމާރާތެއް އޭރު ފަންގިފިލާ ކުރެވިފައެއް ނުވެއެވެ.
ލ. އަތޮޅު ތަޢުލީމީ މަރުކަޒަށް ކަރަންޓްގެ ޚިދުމަތް ލިބިފައިވަނީ 1988 ވަނަ އަހަރު ފޮނަދޫ އަމިއްލަ ފަރާތަކުން ހިންގަމުން ގެންދިޔަ ޖަނަރޭޓަރަކުންނެވެ. އެއީ ކުރިން ފޮނަދޫގައި ވެރިކަން ކުރެއްވި ބޭފުޅެއް ކަމަށްވާ ރާމިޒްގެ ގެއެއް ކަމަށްވާ މަޅަނބުގޭގައި ހުރި ޖަނަރޭޓަރަކުންކަން އަދުގެ ޖީލުތަކުގެ މަޢުލޫމާތަށްޓަކައި ބަޔާންކުރުން މުހިންމުކަމަށް ފެންނާތީ މި ނުކުތާ ފާހަގަ ކޮށްލަމެވެ.
ބެލެނިވެރިން އިސްނަންގަވައިގެން ސައިންސް ލެބޯރެޓަރީއެއް ޤާއިމުކުރުމުގެ މަސައްކަތް ފަށައި 2002 ވަނަ އަހަރުގެ މޭމަހުގެ 1 ވަނަ ދުވަހު ވަނީ ހުޅުވާފައެވެ. މިތަނުގައި ބޭނުންކުރާނޭ ބައެއް އާލާތާއި ކެމިކަލް ފޮނަދޫގެ އަމިއްލަ ފަރާތެއްކަމަށްވާ އެލްޕާސޯ މުޙައްމަދުފުޅު ހަދިޔާކޮށްފައި ވާކަމީ ފާހަގަ ކޮށްލަންޖެހޭ ކަމެކެވެ. ސައިންސް ލެބޯރެޓަރީ ހުޅުވުމުގެ ރަސްމިއްޔާތުގައި އޭރު ތަޢުލީމާބެހޭ ވަޒީރު ދެއްކެވި ވާހަކަފުޅުގައި ކޮމްޕިއުޓަރ ލެބެއް ޤާއިމުކުރުމަށްޓަކައި އިމާރާތެއް ބެލެނިވެރިން ތައްޔާރުކޮށްފިނަމަ އެ ވުޒާރާގެ ފަރާތުން 15 ކޮމްޕިއުޓަރު ސިސްޓަމް ދެއްވާނެކަމަށް ވިދާޅުވިއެވެ. އެހިނދު ލިބިގެންދިޔަ ރަނުގެ ފުރުޞަތުގެ ބޭނުން ބެލެނިވެރިން ހިއްޕަވާ 2002 ވަނަ އަހަރު ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހުގެރޭ ކޮމްޕިއުޓަރ ލެބެއް ހުޅުވޭވަރު ހެދިއެވެ.
1983 ވަނަ އަހަރު ލ. އަތޮޅު ތަޢުލީމީ މަރުކަޒު ހުޅުވި ކިޔަވައިދޭން ފެށުނުއިރު އުނގަންނައިދިނުމުގެ އެހީގެ ގޮތުގައި ބޭނުންކުރާނޭ އެއްވެސް ވަޞީލަތެއް ނުހުރެއެވެ. އޭރުގެ މުދައްރިސުން ކިޔަވައިދެއްވީ އެ މުދައްރިސަކު ކިޔަވައިދޭ މާއްދާއަށް މުޤައްރަރުގައި ހިމެނިފައިވާ ފެންވަރަށް ބަލައިގެން އަމިއްލައަށް ބައިތައް ކަނޑައަޅައިގެންނެވެ. އެހީގެ ގޮތުގައި ބޭނުންކުރުމަށް އޭރު ހަމައެކަނި ހުރީ ޔުނިޓް ފޮތްތަކެއްގެ ނަން ދެވިފައިވާ އިނގިރޭސި ފޮތްތަކަކާއި ދިވެހި ފޮތެކެވެ. އެހެން މާއްދާތަކަށް ތައްޔާރުވަނީ އެ މުދައްރިސަކަށް ލިބިފައިވާ މަޢުލޫމާތަށް ބަލައިގެން އޭގެ އެހީގައެވެ.
1986 ވަނަ އަހަރު ފުރަތަމަ ފަހަރަށް މަރުކަޒަށް ޗާޕް މެޝިނެއް ލިބުނެވެ. އެއީ އަތުން އަނބުރައިގެން ޗާޕްކުރާ މެޝިނެކެވެ. 1999 ވަނަ އަހަރުވެގެންދިޔައީ ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ވަޞީލަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔަ އަހަރަކަށެވެ. މަރުކަޒަށް ފުރަތަމަ ކޮމްޕިއުޓަރެއް ލިބުނީ އެ އަހަރުއެވެ. މިކަމުގެ ސަބަބުން ކިޔަވައިދިނުމުގެ އެހީ ތައްޔާރުކުރުމާއި ޓެސްޓް ޕޭޕަރު ތައްޔާރުކުރުމުގެ މަސައްކަތަށް ވަރަށްބޮޑު ހަލުވިކަމަކާއި ފަސޭހަކަމެއް ލިބިގެން ދިޔައެވެ. ފުރަތަމަ ފޮޓޯކޮޕީ މެޝިނެއް ލިބުނީ 2000 ވަނަ އަހަރުގެ ތެރޭގައެވެ. ހަމަ އެ އަހަރު އިތުރު ކޮމްޕިއުޓަރ ސިސްޓަމެއްވެސް ލިބިގެން ދިޔައެވެ. އެއީ ރާއްޖޭގެ ކިޔަވާކުދިން ސްކޫލް ނިންމާއިރު ކޮމްޕިއުޓަރުގެ އަސާސީ މިންވަރު އުނގަންނަވައިދެއްވުމަށް ސަރުކާރުން އެކުލަވާލެއްވި މަޝްރޫޢުގެ ދަށުން ލިބުނު ކޮމްޕިއުޓަރ ސިސްޓަމެކެވެ. އޭގެފަހުން މިހާތަނަށް އައިއިރު ވަޞީލަތްތައް މިއަދު މިވަނީ ވަރަށްބޮޑަށް ތަރައްޤީވެފައެވެ.
ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ފުރަތަމަ ފަހަރަށް ކިޔަވާކުދިންގެ ޖަމިއްޔައެއް އުފެދުނީ 1988 ވަނަ އަހަރުގައެވެ. ސްކޫލްގައި ފުނަ، ކާނި، މަދޮށި އަދި ހެލަނބެލީގެ ނަމުގައި ހަތަރު ހައުސް އުފެއްދިއެވެ. އަދި ފަހުން ހެލަނބެލި ހައުސްގެ ނަންވަނީ ކުރެދި ހައުސްއަށް ބަދަލުކޮށްފައެވެ. ހައުސްތަކުގެ މެދުގައި ފުރަތަމަ ފުޓްބޯޅަ މުބާރާތް ބާއްވާފައި ވަނީވެސް 1988 ވަނަ އަހަރުގައެވެ. އޭގެ ދެއަހަރުފަހުން އަންހެންކުދިންނަށް ބަށި މުބާރާތް އަދި ފިރިހެންކުދިންނަށް ފުޓްބޯޅައާއި ވޮލީ މުބާރާތް ބާއްވަމުން ދިޔައެވެ. މިގޮތުގައި ކުރިއަށްގޮސް 1993 ގައި ފުރަތަމަ ނެޓްބޯޅަ މުބާރާތް ބޭއްވުނެވެ. އަދި 2000 ވަނަ އަހަރުން ފެށިގެން ބަށި މުބާރާތް ބޭއްވުން ހުއްޓާލާ އަންހެންކުދިންނަށް ވޮލީ އާއި ނެޓްބޯޅަ އަދި ފިރިހެން ކުދިންނަށް ވޮލީ އާއި ފުޓްބޯޅަ މުބާރާތްތައް ބާއްވަމުން ދިޔައެވެ.
1988 ވަނަ އަހަރު ހައުސް ޙަރަކާތްތަކުގެ އިތުރުން މަރުކަޒުގައި ސްކައުޓް ޙަރަކާތް ފެށިއެވެ. އޭރު ސްކައުޓް ލީޑަރަކަށް ހުންނެވި މިދިޔަ 2012 ވަނަ އަހަރުންފެށިގެން ސްކޫލްގެ ޕްރިންސިޕަލްގެ މަޤާމު ހުންނެވި ޢަބްދުﷲ ނަސީހް އެވެ. 2001 ވަނަ އަހަރު ޓެނިސް އެސޯސިއޭޝަންގެ ފަރާތުން ރާއްޖޭގެ ރަށްރަށުގައި ޓެނިސް ތަޢާރަފް ކުރުމަށް ހިންގެވި ޕްރޮގްރާމްގެދަށުން ފޮނުއްވެވި ކޯޗެއްގެ އެހީގައި ދައިވަރުންނަށް ޓެނިސް ކުޅޭން ދަސްކޮށްދޭން ފެށުނެވެ. 1994 ގައި ފެށުނު ކެޑޭޓް ޙަރަކާތް ކުރިއަށްގޮސް 100 ކެޑޭޓުންނާއި އެކު 1999 ގައި ކެޑޭޓުން ހުޥާކުރުމުގެ ފުރަތަމަ ރަސްމިއްޔާތު ބޭއްވިފައި ވެއެވެ. އަދި 2009 ވަނަ އަހަރު ސްކޫލްގައި ބޭންޑް އުފެދުނެވެ.
ލ. އަތޮޅު ތައުލީމީ މަރުކަޒުގެ ޙަޔާތުން 30 އަހަރު ވޭތުވިއިރު ތަން ހިންގެވުމަށް 27 ޕްރިންސިޕަލުން ޙަރަކާތްތެރި ވެފައިވެއެވެ.
ނޯޓް: މިއީ ލ. އަތޮޅު ތަޢުލީމީ މަރުކަޒަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ޑޮކިއުމެންޓްރީއެއް ތައްޔަރުކުރުމަށް އޭރު މަރުކަޒުގެ މުދައްރިސެއްގެ ގޮތުގައި ޙަރަކަތްތެރިވެލެއްވި މިވަގުތު އަތޮޅު ކައުންސިލް މެންބަރެއްގެ ގޮތުގައި ހުންނެވި އިބްރާހިމް އަނީސާއި ސްކޫލްގެ ދޭސީ މުދައްރިސުން ލިޔެ ތައްޔާރުކޮށްފައިވާ ދިގު ރިޕޯޓަށް އަޙްމަދު ރަޝީދު ލިޔެވެފައިވާ ލިޔުމެކެވެ.

Subscribe to:
Posts (Atom)